މާލެ: 31°C

ކޮޅުނބާއި ރާއްޖެއާ ދެމެދު މުދާ ފެރީގެ ދަތުރުތައް ފެށުމަށް ތައްޔާވަނީ

November 1, 2025
141 ފަހަރު ބަލާފައި
ކޮޅުނބާއި ރާއްޖެއާ ދެމެދު މުދާ ފެރީގެ ދަތުރުތައް ފެށުމަށް ތައްޔާވަނީ
ދިވެހި ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު މުދާ ފެރީގެ ދަތުރު ފެށުމުގެ ތައްޔާރުވަމުންދާކަމަށް ލާންކާގެ ނޫސްތަކުން ބުނެފި އެވެ.

ދިވެހި ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު މުދާ ފެރީގެ ދަތުރު ފެށުމުގެ ތައްޔާރުވަމުންދާކަމަށް ލާންކާގެ ނޫސްތަކުން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ އާއި ހަވާލާދީ ލަންކާގެ ނޫސްތަކުން  ބުނެފައިވަނީ ސްރީލަންކާގެ ކޮލަމްބޯ އާއި މާލެ އާއި ދެމެދު މުދާ ފެރީގެ ދަތރުތައް ފެށުމުގެ މަޝްވަރާތްއް ފުރަތަމަ ފަށާފައިވަނީ އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ މިއަހަރުގެ ޖުލައިމަހު ރާއްޖެއަށްކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށާއި، އެ މަޝްވަރާތައް ނިންމައި އެއްބަސްވުމަކަށް އައުމަށް މިހާރު މަސްއަކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަންނަ ޑިސެމްބަރު މަހު ސްރީލަންކާއަށް ކުރެއްވުމަށް ރާއްވަވަމުންގެންދަވާ ދަތުރުފުޅުގައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރުމަށް މިހާރު މަޝްވަރާކުރަމުންދާކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ