"މި އޮތޯރިޓީން ވަކި ގޮތެއް އަންގަން ދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު ބޭސް ނުވިއްކުމަށް ދަންނަވަމެވެ. މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން ވަނީ "ރެސްޓްރިކްޓް" ކުރެވިފައެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އެމްއެފްޑީއޭއިން ވަނީ މިވަގުތު ފާމަސީތަކުންނާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި އެ ބޭހުގެ ސްޓޮކް ވަކިކުރުމަށް ފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވެސް އަންގައިފައެވެ. ފެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހަށްވާއިރު އެ ބޭސް މިވަގުތު ބޭނުންނުކުރެވުނު ނަމަވެސް ފެރަސެޓެމޯލް 500 މިލިގްރާމާއި އޭގެ 11 ބްރޭންޑަކާއި ޕެރަސެޓެމޯލް 650 މިލިގްރާމުގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނޭ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ލަންކާއިން އެތެރެކޮށްފައިވާ ޕެނަޑޯލްގެ ވައްތަރެއް ބޭނުންކުރުން މަނާކޮށްފި
ލަންކާއިން އެތެރެކޮށްފައިވާ ޕެނަޑޯލްގެ ވައްތަރެއް ބޭނުންކުރުން މަނާކޮށްފި
ލިޔުން:
ސްރީލަންކާއިން ރާއްޖެ އެތެރެކޮށްފައިވާ ޕެނެޑޯލްގެ ވަތްތަރެއް ކޮލިޓީ ދަށްވުމުގެ ސަބަބުން އެ ބޭސް ބޭނުންކުރުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ ކަމަށެވެ.
އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓު ކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ބުނީ އާންމު ގޮތެއްގައި ބޭހުން އެފަދަ މައްސަލަތައް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންވަރަށް ނުކުރުމުގެ ސަބަބުން ކަމަށާއި އެފަދަ މައްސަލަތައް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ އަސަރު ނުކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
އެހެންކަމުން، އެ އޮތޯރިޓީން ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާތީ ބޭސް ބޭނުން ނުކުރުމަށާއި ބޭސް ނުވިއްކުމަށް އަންގާފައިވާއިރު މިހާރު ވަނީ އެ ބޭސް ރާއްޖެ އެތެރެކުރުން ވެސް މަނާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
