މާލެ: 31°C

ލަންކާއަށް އެރި ކޮޅިގަނޑު ރާއްޖެއާ ގާތަށް، އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަަށް ލަފާކުރެވޭ

December 26, 2022
2 ފަހަރު ބަލާފައި
ލަންކާއަށް އެރި ކޮޅިގަނޑު ރާއްޖެއާ ގާތަށް، އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަަށް ލަފާކުރެވޭ
ލަންކާއަށް އެރި ކޮޅިގަނޑު ރާއްޖެއާ ގާތަށް، އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަަށް ލަފާކުރެވޭ
އަވަށްޓެރި ސްރީލަންކާއަށް އެރި ބާރުގަދަ ކޮޅިގަނޑު، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މިއަދު ބުނެފި އެވެ. ސެޓެލައިޓް ޑާޓާއަށް ބިނާކޮށް މޫސުން ލަފާ ކުރާ އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކުން ދައްކާ ގޮތުގައި ބޭ އޮފް ބެންގާލްގައި އުފެދި އަވަށްޓެރި ސްރީލަންކާއަށް އިއްޔެ އެރި ކޮޅިގަނޑު ލަންކާއިން ނެއްޓި، މިހާރު ހުރީ ރާއްޖޭގެ އިރުމަތީގައި އުތުރުގެ އަތޮޅުތަކާ ވަރަށް ކައިރީގަ އެވެ. އެކޮޅިގަނޑުގައި އިއްޔެ ލަންކާއަށް ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ދެމީހަކު މަރުވި އެވެ. މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "މިނިވަން" އަށް މިއަދު ވިދާޅުވީ އެ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރާ ކަމަށާއި އެހެން ނަމަވެސް ސީދާ ރާއްޖެއަށް އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. "ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރުން އެ ކޮޅިގަނޑު އަރަބިކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ. ސީދާ ރާއްޖެއަށް އަރާނެއެކޭ ނޫން. އެކަމަކު ރާއްޖޭގެ އުތުރުން ގޮސް އަރަބިކަނޑަށް ނުކުންނާނެ ކަމަށް ލަފާކުރެވެނީ. އެހެންވެ އުތުރުގެ ރަށްތަކަށް މިރެއާ މާދަމާ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ. ދެން ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ. އާއްމުގޮތެއްގައި ވައިގަދަ ނުވިޔަސް ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުނިމެެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ