މާލެ: 31°C
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި ގެއްލުނު މީހާ ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި ގެއްލުނު މީހާ ފެނިއްޖެ

April 30, 2024
3 ފަހަރު ބަލާފައި
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި ގެއްލުނު މީހާ ފެނިއްޖެ
ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ ބަނޑުން ޖަހާލާފައި ވަނީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށާއި ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއެއް ކަމަށެވެ. ގެއްލުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓްގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި ފެނުނުއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ވެސް ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ލޭންޑިން ކްރާފްޓުން ދަތުރުކުރި 5 މީހުންގެ ތެރެއިން 4 މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ