
ލަންދޫ ކައުންސިލުން ގަތް ޕިކަޕް އަނދައިފި
ލަންދޫ ކައުންސިލުން ގަތް ޕިކަޕް އަނދައިފި
ލިޔުން:
ނ. ލަންދޫގައި ކުނި މެނޭޖުކުރުމަށް ހާއްސަކޮށްގެން އެ ރަށު ކައުންސިލުން އަލަށް ގަތް ޕިކަޕެއްގައި ރޯވެ އަނދައިފި އެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ޕިކަޕްގައި ރޯކޮށްލި ކަމަށް މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރުު 4:00 ޖަހާކަށް ހާއިރެވެ. ރޯވި އިރު ޕިކަޕް އޮތީ ކައުންސިލް ކައިރީގައި ހުންނަ ފަޅު ގެއެއްގައި ޕާކު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން، ޕިކަޕްގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމެއް ނުވަތަ އެހެން ގޮތަކުން ރޯވީކަމެއް އަދި ކަށަވަރުވެފައި ނުވާ ކަމަށް ލަންދޫ ކައުންސިލުން ބުންޏެވެ.
ކައުންސިލުންނަށް މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވާލުމުގެ މަސައްކަތްތައް ކުރި ނަމަވެސް، ޕިކަޕްގެ ވަނީ ބޮޑު ބައެއްގައި ވަނީ ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާ ހިނގާފައިވަނީ އަންނަ މަސް ފެށުމާއެކު ނ. ލަންދޫގައި ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
