
ލަދުވެތި ފޮޓޯއާ އެކު ހުޅުމާލެ ފަޅުތެރެ ސާފުކޮށްފި
ލަދުވެތި ފޮޓޯއާ އެކު ހުޅުމާލެ ފަޅުތެރެ ސާފުކޮށްފި
ލިޔުން:
ހުޅުމާލޭގެ ފަޅުތެރޭގައި، އޮތް ގިނަ އަދަދެއްގެ ކުނީގެ ފޮޓޯއެއް މީހަކު ސޯޝަލް މީޑިއާ، ޓްވިޓާގައި އާއްމުކޮށް ކަންބޮޑުވުން ފާޅުކުރުމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުނިތައް ނެގުމަށް ފަހު އެ ޓްވީޓަށް ޖަވާބުދީފި އެވެ.
ތަސްނީފް ރަޝީދު ނަމަކަށް ކިޔާ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ޓްވިޓާއަށް ދޫކޮށްލި ފޮޓޯއަކުން ފެންނަ ގޮތުގައި ހުޅުމާލޭ ފަޅުތެރޭގައި، ސަފާރީތަކުންނާއި އެހެން ތަންތަނުން ވެސް ކަނޑުމަގުން އަންނަ ޓޫރިސްޓުން ހުޅުމާލެއަށް ފައިބަން އޮތް ޖެޓީގެ ކައިރީގައި ދަމާލާފައި އޮތީ ކުނީގެ ސާލެކެވެ. އެ ސަރަހައްދު އެހެން އޮތް އިރު ކުނިތަކުގެ ތެރެއިން ލާފައި ޖެޓީއަށް ކައިކުރި ޑިންގީއަކުން ޖެޓީއަށް ފައިބާ ޓޫރިސްޓުންތަކެއް ވެސް އެ ފޮޓޯއިން ފެނެ އެވެ.
"އެމީހުން ދައްކާ އަށް ޑޮލަރުގެ ގްރީންޓެކްސްއާ މެދު މި ޓޫރިސްޓުން ވިސްނާނީ ކިހިނެތް؟ މިއީ ދުނިޔޭގެ އެއް ވަަނަ މަންޒިލުގެ ވެރިރަށް..،" އެ ފޮޓޯއާ އެކު ކުރި ޓްވީޓްގައި އޭނާ ލިއުނެވެ.
[embed]https://twitter.com/hdcmaldives/status/1639346743992016908?s=20[/embed]
އެ ފޮޓޯއާ އާއްމުކުރުމުން އެޗްޑީސީން މިހާރު ވަނީ އެ ސަރަހައްދު ސާފުކޮށްފަ އެވެ. އެ ސަރަހައްދު ސާފުކުރުމަށް ފަހު ނަގާފައިވާ ކުނިތައް ހަތަރު ޖަމްބޯ ބޭގަށް އެޅުމަށް ފަހު ނަގާފައިވާ ފޮޓޯތަކާ އެކު އެޗްޑީސީން ވަނީ ތަސްނީފުގެ ޓްވީޓް ރިޓްވީޓްކޮށްފަ އެވެ.
"އަޅުގަނޑުމެން ހުރިހާ ފަރާތަކަށް ވެސް ގޮވައިލަނީ، އެއްގަމުގައި ވިޔަސް މޫދުގައި ވިޔަސް، ކުނި އެކަމަށް ހާއްސަކޮށްފައިވާ ތަންތަނަށް އަޅަން [ޑަސްބިންތަކަށް އަޅަން]،" އެޗްޑީސީގެ ޓްވީޓްގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
