މާލެ: 31°C

ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

March 24, 2025
217 ފަހަރު ބަލާފައި
ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީ ދިނުމަށް ނިންމައި އެ ހީއަށް އެދުމުގެ ފުރުސަތު އެ އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިފި އެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް މާލީ އެހީ ދިނުމަށް ނިންމައި އެ ހީއަށް އެދުމުގެ ފުރުސަތު އެ އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިފި އެވެ.

އެހީއަށް އެދި ހުޅުވާލާފައިވާކަން ބަޔާންކޮށް ހައްދުންމަތީ އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ އަތޮޅުގެ ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަގުސަދުގައި ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ ސްކޫލްތަކުން، އެ ހީއަށް އެދި ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުހެ  13 ވަނަ ދުވަހުގެ 14:00 ގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ. 

އަދި ޕްރޮޕޯސަލް އީމެއިލް ކުރައްވަން ބޭނުންވާ ސްކޫލުތަކުން Planning@laamu.gov.mv  އަށް ފޯމާއި ޕްރޮޕޯސަލް އީމެއިލް ކުރެއްވުމަށްވެސް އިއުލާނުގައި ބުނެފައެިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ