
ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން މުހިއްމީ އިލްމީ ހުނަރުވެރި ޖީލެއް ބިނާކުރުން: އިމްރާން
ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން މުހިއްމީ އިލްމީ ހުނަރުވެރި ޖީލެއް ބިނާކުރުން: އިމްރާން
ލިޔުން:
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދަން އެންމެ މުހިއްމީ އިލްމީ ހުނަރުވެރި ގާބިލް ޒުވާން ޖީލެއް ބިނާކުރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިފްތިތާހުކުރުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2010 އަކުން ފެށިގެން ހިންގަމުން މިދާ ނިޒާމަކީ އަދި ވެސް ހަމަ ޅަފަތުގައި އޮތް ނިޒާމެއް ކަމަށެވެ. އޭނާ ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އޭރު އުފެދުނީއްސުރެ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހިންގުމަށް ބޭނުންވާނެ މުވައްޒަފުންނާއި, ގާބިލް ފަރުދުން ތައްޔާރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އައި ކަމަށެވެ. އެެ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 1574 ބައިވެރިން އެލްޖީއޭގެ ތަމްރީނު ތަކުގައި ބައިވެރިވެ ތަމްރީނު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެެވެ.
.."މިރޭ އަޅުގަނޑުމެން މިއިފްތިތާކުރާ މިއިލްމީ މުންނާރުގެ ސަބަބުން އެކަމަށް ބިންގާއެޅި މަގުފަހިވެގެންދާނެކަމާމެދު އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެހެންނަމަވެސް މިހާރު މިގެންދެވޭ އުސޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަން ޖެހޭކަމަށް ފާހަގަކުރެވި ގަބޫލުކުރެއްވުނު ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފައްޓަވާ, އެއަހަރު ރަޖިސްޓްރީވެސް ކުރެވުނުކަމަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ކޯވިޑް ގެ ބަލިމަޑުކަމާހުރެ އެމަސައްކަތް ލަސްވެފައިވެއެވެ.
މި އިންސްޓިޓިއުޓް އިފްތިތާހުކުރެވޭއިރު އެހެން މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރެވިގެންދާކަމަށެވެ. އެއީ މިދިޔަ މުއްދަތު އަޅުގަނޑުމެންނަށް ލިބުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާ އަކަށް ވެގެންދާނީ އެ އިންސްޓިޓިއުޓުން ތަމްރީން ވުމުގެ ފުރުސަތު ފަހިވެގެންދިއުން ކަމަށެވެ. ރާއްޖޭގެ ގަވަރނިންގ ސިސްޓަމް ހަރުދަނާކޮށް, ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ގާތުން ފަސޭހަމަކާއެކު އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ތައްޔާރުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފުރުޞަތު އިންސްޓިޓިއުޓްގެ ސަބަބުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
.."ރާއްޖޭގައި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ލާމަރުކަޒީ ސިފައެއްގައި އިޤްތިޞާދީ, އިޖުތިމާއީ ހަމަތައް ފުރިހަމައަށް ޤާއިމްކޮށް ރަށްރަށުން ސިއްހަތާއި އިލްމްގެ މަގުތައް ފަހިކޮށްދިނުމަށް މިމުއައްސަސާގެތެރެއިންލާފަ އަޅުގަނޑުމެންނަށް މަގުފަހިކުރެވިގެންދާނެ. އާދެ މިބިންގަލަކީ މިފަދަގޮތަކަށް އެޅިގެންދާ މިފަދަ ޢިލްމީ އެންމެ ފުރަތަމަ ބިންގާ. " އިމްރާން ވިދާޅުވި އެވެ.
އެހެން އިލްމީ މުއައްސަސާތަކާއެކު އަޅުގަނޑުމެންނަށް މަތިވެރި ރާސްތާތަކަކަށް ދަތުރުކުރެވޭނެކަމަށް ޔަޤީންކުރައްވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
