މާލެ: 31°C
ލ.ގަމުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

ލ.ގަމުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

1 އޯގަސްޓު 2026
173 ފަހަރު ބަލާފައި
ލ ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ލ ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުގެ ފޭސްބުކު އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެރަށު ކުރިބޯށި އުމުރުން 20 އަހަރުގެ އަމްޖާޒު ޢަލީ ރޭ ދަންވަރު 12 އިން ފެށިގެން ހަބަރެއްނުވާތީ ގެއްލިގެން އެ ކައުންސިލަށް ރިޕޯޓުކޮފައިވާ ކަމަށެވެ.

އަދި އާއިލާއާއި ހަވާލާދީ ބުނެފައިވަނީ ރޭ ދަންވަރު 2:00 ގެ ފަހުން އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށާއި، އަމްޖާޒް އެންމެ ފަހުން ލައިގެން ހުރީ މަޑު ފެހި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ކަމަށެވެ.

އަދި އަމްޖާޒުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ 9502503 އަށް ގުޅައި އެމައުލޫމާތު ދެއްވުމަކީ އަމްޖާޒުގެ އާއިލާގެ ވަރަށްބޮޑު އެދުމެއްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ