ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރެއްގެ ގޮތުގައެވެ. އެއަށްފަހު، ރައްޔިތުންގެ ރުހުމާ އެކު 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ސޮއިކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާއެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ.
އޭގެ އިތުރުން، ޖޭޕީގައި ހުންނަވާ އެމަނިކުފާނަށް ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރަނިންމޭޓަކު ނެގުމުގެ ފުރުސަތު ޖޭޕީއަށް ދެއްވުމުން، ޕްރައިމަރީ ކާމިޔާބު ކުރައްވާ ރާއްޖޭގެ ނައިބު ރައީސް ކަމުގެ ދައުރެއް އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވެގެންދިޔައީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސަށެވެ.
ކުރީގެ ނައިބް ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި
ކުރީގެ ނައިބް ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި
ލިޔުން:
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ހަރަކާތެއްގައި އެމަނިކުފާނު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތް ފޯމް ރައީސް ސާލިހަށް ހަވާލު ކުރައްވާފައެވެ.
މި ހަރާކަތުގައި ކުރީގެ ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން، ފައިސަލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ފިކުރަށް ބަދަލު ނާންނަ ކަމަށާއި ސިޔާސަތުތަކަށް ބަދަލު ނާންނަ ކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީ ވުޖޫދަށް އައީއްސުރެ ޕާޓީގައި ދެމިހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖޭޕީން ވަކިވެވަޑައިގެންނެވީ މީގެ އެއް މަސް ކުރިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
