ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރެއްގެ ގޮތުގައެވެ. އެއަށްފަހު، ރައްޔިތުންގެ ރުހުމާ އެކު 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ސޮއިކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާއެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ.
އެގޮތުން، ޖޭޕީގައި ހުންނަވާ އެމަނިކުފާނަށ ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރަނިންމޭޓަކު ނެގުމުގެ ފުރުސަތު ޖޭޕީއަށް ދެއްވުމުން، ޕްރައިމަރީ ކާމިޔާބު ކުރައްވާ ރާއްޖޭގެ ނައިބު ރައީސް ކަމުގެ ދައުރެއް އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވެގެންދިޔައީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސަށެވެ.
ކުރީގެ ނައިބް ރައީސް ފައިސަލް 16 އަހަރަށްފަހު ޖޭޕީން ވަކިވެވަޑައިގެންފި
ކުރީގެ ނައިބް ރައީސް ފައިސަލް 16 އަހަރަށްފަހު ޖޭޕީން ވަކިވެވަޑައިގެންފި
ލިޔުން:
ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ ޕާޓީގައި ދެމިހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ޖޭޕީން ވަކިވެވަޑައިގެންފިއެވެ.
އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް މިއަދު ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަން ސިޓީއެއް ފޮނުއްވާފައެވެ. އޭނާ ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު މަޝްވަރާ ކުރެއްވިކަން ވެސް ވަނީ އެނގިފައެވެ. ނަމަވެސް ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އަދި އެ ޕާޓިން ވަކިވެވަޑައިގެން ނަމަވެސް، އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
