
ކުރީގެ ކީޕަރު އަސްލަމް ޖޭޕީއަށް ސޮއި ކޮށްފި
ކުރީގެ ކީޕަރު އަސްލަމް ޖޭޕީއަށް ސޮއި ކޮށްފި
ލިޔުން:
ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އަސްލަމް އަބްރުއްރަހީމް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކޮށްފިއެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށްފަހު މެމްބަރޝިޕް ފޯމު ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާ ވަހީ ހަވާލުކޮށްފައެވެ.
https://twitter.com/riyaz_rasheed/status/1655176740933877761?s=48&t=VaMT4FNQWLUtLY5cwplOVw
ޕާޓީގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު، އަސްލަމް ޖޭޕީއަށް ސޮއިކުރެއްވިކަން އިއުލާން ކުރައްވާ، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސްލަމް ޕާޓިީީ އާއި ގުޅިވަޑަިގެންވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މީގެ އިތުރުން ރިޔާޒްވަނީ އަސްލަމް އަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ.
މިކަމާ ގުޅިގެން ޖޭޕީން ބުނީ، މިއަދު އަލަށް ގުޅިވަޑައިގެންނެވި ޒުވާނުންނަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ޕާޓީގެ ލީޑަރޝިޕުގެ ނަމުގައި މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށާއި، ޖޭޕީ އަކީ ހުރިހާފަންތިއަކާއި ގިންތިއަކަށް ވެސް ފުރުސަތު އޮންނާނެ ޕާޓީއެއް ކަމަށެވެ.
އަސްލަމަކީ ކުލަބު ވެލެންސިއާ ،ނިއުރޭޑިއަންޓް އަދި ގައުމީ ޓީމަށް ގިނަދުވަސް ތަކެއްގައި ކުޅެފައިވާ, ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް ގައުމަށް ރީތިނަން ހޯއްދަވައިދެއްވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
