މާލެ: 31°C

ކުރިނބީއަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ކައުންސިލަރުންނާއި ރައީސް މަޝްވަރާ ކުރައްވައިފި

November 20, 2022
2 ފަހަރު ބަލާފައި
ކުރިނބީއަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ކައުންސިލަރުންނާއި ރައީސް މަޝްވަރާ ކުރައްވައިފި
ކުރިނބީއަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ކައުންސިލަރުންނާއި ރައީސް މަޝްވަރާ ކުރައްވައިފި
ކުރަނބީއަށް ބޭނުންވާ ކަނކަމާ ބެހޭ ގޮތުން ހދ. ކުރިނބީ ކައުންސިލަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިނބީ ކައުންސިލްގެ މެމްބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި  ރައީސް މަޝްވަރާކުރެއްވީ އެރަށުގެ ތަރަށްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުންނެވެ. ކުރިނބީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އެެ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު،އެ ބައްދަލުވުމުގައި ކައުންސިލަރުން  ރައީސަށް ދެއްވި އެވެ. ކުރިނބީ ކައުންސިލުން ފާހަގަކުރި އެއް ކަމަކީ އެރަށުގެ ބަނދަރުގެ ދަތިކަމެވެ. ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން އޮތް ކަމަށް ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މައުލޫމާތުވެސް ކައުންސިލަރުން ރައީސަށް ދެއްވިއެވެ. ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އޭގެ ތެރޭގައި ހިމެނެ އެވެ. ކުރިނބީގެ ބަނދަރު ބޮޑުކުރަން ރައްޔިތުން ބޭނުންވާތީ އެކަމަށް ހޯދޭނެ ހައްލަކާއި، އަދި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތާ އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބައްލަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކުރިނބީ ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވާނެކަމުގެ  ޔަގީންކަން، ރައީސް ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން ލިބިއްޖެ ކުރިނބީ ކާއުންސިލަރުން ވިދާޅުވި އެވެ.  އެރަށުގެ ތަރައްގީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިނީ މިސަރުކާރުންކަން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ