
ކުރިން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ލިބޭނެކަމުގެ ޔަގީންކަން
ކުރިން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ލިބޭނެކަމުގެ ޔަގީންކަން
ލިޔުން:
އެމްޑީޕީގެ ސްޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް މިއަދު ރުހުން ލިބޭނެކަން ކަށަވަރުވެއްޖެއެވެ.
އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއަށް މިއަދު އެމައްސަލަ އެޖެންޑާ ކޮށްފައިވާއިރު، މިމަޖިލީހުގެ ސްޕަ މެޖޯރިޓީ ސަރުކާރުން ހޯދާފައިވާތީއެވެ.
ވަޒީރުންގެ މަޖީލީހުންގެ ތިން ވަޒީރުންކަމުގައިވާ އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް ވަނީ ތާވަލްކޮށްފައެވެ.
މި ސަރުކާރުގެ ވަޒީރުގެ މަޖީލީހުގައި ޖުމްލަ 22 ވަޒީރެއް ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރެއިން 19 ވަޒީރަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ނިންމީ 3 ވަޒީރަަކށް ރުހުން ނުދިނުމަށެވެ. މިއީ ސަރުކާރަކުން ޢައްޔަން ކުރެއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރުހުން ނުދޭން މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީއޮތް އެމްޑީޕީގެ މެންބަރުންނާއި އެޕާޓީއަށް އަމާޒުކޮށްފައެވެ.
ނިމިދިޔަ ޖެނުއަރީ މަހު ފަހުކޮޅު އެގޮތަށް މަޖިލީހުން ނިންމުމާއެކު، ރައީސްލްޖުމުހޫރިއްޔާ ވަނީ އެމަނިކުފާނަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. އެކަމާއި ގުޅިގެން މަޖިލީހަށް އިދިކޮޅު މެންބަރުން ޤަރާރެއް ހުށަހަޅި ނަމަވެސް ދައުރު ނިމިގެން ދިޔައީ ޤަރާރު ކޮމެޓީ މަރުހަލާގަ އޮވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
