
ކުރިއަށް އޮތްތަނުގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބޭދުވަސް ޔަގީންވެގެންދާނެ: ރައީސް
ކުރިއަށް އޮތްތަނުގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބޭދުވަސް ޔަގީންވެގެންދާނެ: ރައީސް
ލިޔުން:
ބަލިމީހުންނަށް ހިދުމަތް ނުލިބި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި، ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަގޮތުގެ ސަބަބުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަމާމެދު ދެންނެވި ސުވާލަށްމެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށާއި، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަންނަނުން ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް މި ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ރައީސް ވިދާޅުވީ ސްޕެޝަލިސްޓުން ގިނަ ކުރި ވަރަކަށް ޑޮކްޓަރަށް ދެއްކުމަށް މަޑު ކުރަން ޖެހޭ ވަގުތު ކުޑަވާނެ ކަމަށާއި އެޕޮއިންޓްމަންޓް ހަދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސް ދުރާލައި އެނގޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަމުން ގެންދަވާ ކަމަށެވެ. މިގޮތަށް ނިޒާމް ބަދަލުވެގެން ދިއުމުން އެޕޮއިންޓްމެންޓް ހައްދުމުން، ޑޮކްޓަރަށް ދައްކާދުވަސް ޔަގީންވެގެން ދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް. އޭރުން ރަށްރަށުގައި ތިބެފައި ވަޑައިގަންނަވާ އިރުގައި ވެސް ރައްޔިތުންނަށް އިންތިޒާރު ކުރަން ޖެހޭ ގޮތް ނުވާނެ. ދެން ހޮސްޕިޓަލްގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ކުރެވޭ. ތި ވިދާޅުވި ކަންތަކަށް ހައްލެއް ގެނެވޭނެ މަސައްކަތްތަކެއް މި ކުރަނީ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އިތުރު ކުރެވޭ ވަރަކަށް އިންތިޒާރުގައި މަޑު ކުރެވޭ ވަގުތު މަދުވެގެން ދާނެ ކަމަށެވެ. އަދި މިކަންތައްތައް މާލެ ސަރަހައްދެކޭ އެއްފަދައިން ރާއްޖެ ތެރޭ ރަށްރަށުގައި ހުންނަ ޓާޝަރީ ހޮސްޕިޓަލްތަކުގައި ވެސް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
