
ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި
ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި
ލިޔުން:
ޅ. ކުރެންދޫގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން 50 ހައުސިން ޔުނިޓް އިމާތާރް ކުރަން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެސްޖޭއާ ހަވާލުކުރުުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިްނ ިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ މިިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހީމް އެވެ.
[embed]https://twitter.com/MoNPHImv/status/1637339303868260352?s=20[/embed]
އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ އެ މަސައްކަތް ހަވާލުކުރީ 95.5 މިލިއަން ރުފިޔާގެ އަގަކަށް، 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކުރެންދޫގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުގައި ތިން ކޮޓަރި އަދި އެޓޭޗްޑް ފާހާނާ ހުންނާނެ އެވެ. އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކަކާއި، ވެހިކަލް ޕާކުކުރާ ސަރަހައްދެއް އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
