ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ބަހަބަރު" ޝޯގެ ތަރި މ. ހާވިލާ، އަހުމަދު ޝާހިދު ހަލީމް (72އ) ނިޔާވެއްޖެ އެވެ.
ޝާހިދު ނިޔާވީ ހާލުބޮޑުވެގެން އައިޖީއެމްއެޗުގައި އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ ހަފުތާއެއްވެފައި ވަނިކޮށް މިއަދު ހެނދުނު އެެވެ.
ދިވެހި އަދަބިއްޔާތަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމާއި ސަރުކާރުގެ އެކި އެކި މަގާމުތައް ފުރުެްވުމުގެ އިތުރުން، ޝާހިދު ވަނީ މުނިފޫހިފިލުވުމުގެ ރޮނގުން ސަރުކާރުން ދޭ އާންމު ހިދުމަތުގެ އިނާމު ހާސިލުކުރައްވާފަ އެވެ.
ޝާހިދު އަކީ، ޓީވީއެމްގެ ގިނަ ޕްރޮގްރާމްތަކުން ފެނިފައިވާ، މޫސާ ރިޟްވާން ގެ ބާއްޕަ އެވެ.






