މާލެ: 31°C
ކުރީގެ ނައިބްރައީސް ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބްރައީސް ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި

July 25, 2024
12 ފަހަރު ބަލާފައި
ކުރީގެ ނައިބްރައީސް ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބްރައީސްފި ޖިހާދުގެ މަށްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ކުރިމިނަލް ކޯޓުން މިއަދު ބރުކޮށްލައިފިއެވެ.

ކުރީގެ ނައިބްރައީސް ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެމަނިކުފާނު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސޮއިކޮށްފައިވާ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ދައުލަތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިނގ ކައުންސިލްގެ ލަފައާއި ހިލާފަށް ދައުލަތުގެ ހިއްސާ 25 ޕަސެންޓް ކަމަށް ކަނޑައަޅާފައިވާތީއެވެ.

ނޭޝަނަލް ޕްލޭނިނގ ކައުންސިލުން ލަފާދީފައިވަނީ ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްގައިނަމަ މަދުވެގެން 50 ޕަސެންޓު ހިއްސާ ދައުލަތަށް އޮންނަންޖެހޭނެ ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އެމައްސަލަ ބޭރުކޮށްލެއްވީ ތަހުގީގުގައި ކުރީގެ ނައިބްރައިށް އަޙްމަދު އަދީބު ދެއްވާފައިވާ ބަޔާންތަކުގެ ތެދުދޮގު ބަލަން ތަޙްގީގުން ކޮށްފައިވާ ކަމެއް ދައުލަތަށް ބުނެދެވިފައިނުވާތީއާއި، އޭސީސީ އިން ކޮށްފައިވާ ތަހުގީގެއް ރިޔާސީ ކޮމިޝަނަކުން އަލުން ތަހުގީގުކުރި ސަބަބު ދައުލަތަށް ބުނެދެވިފައިނުވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ