ކުރީގެ ނައިބު ރައީސް އަދީބަށް އެމެޖެންސީގައި ފަރުވާ ދޭން ފަށައިފި

ކުރީގެ ނައިބު ރައީސް އަދީބަށް އެމެޖެންސީގައި ފަރުވާ ދޭން ފަށައިފި
ލިޔުން:
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އަދީބުގެ ހާލު ވަރަށް ސީރިއަސް އެވެ.
2015 އިން ފެށިގެން ޖަލުގަ ހުންނެވި އިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އެއިރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދީގެން އެއިރު ހިއުމަން ރައިޓްސްއާ ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ.
2018 ގެ ޑިސެމްބަރުގަ އައިޖީއެމްއެޗްގަ އަދީބުގެ ކިޑްނީގެ އޮޕަރޭޝަނެެއް ވެސް ވަނީ ކޮށްފައެވެ. އަދި ރާޢްޖެއިން ފަރުވާ ނުކުރެވޭ ލޮލުގެ ބައްޔެއްކަމަށްވާ، ގުލޫކޯމާ ޖެހިފައިވާތީ، 2015 އިން ފެށިގެން އެބައްޔަށް ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަަމަށް އަދީބުގެ ގާތް ފަރާތަކުން މައުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
