
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވަނީ އިންޑިއާގެ އަސްކަރިއްޔާ އިހު އޮތްގޮތަށް އަދިވެސް އެބައޮތްކަމަށް
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވަނީ އިންޑިއާގެ އަސްކަރިއްޔާ އިހު އޮތްގޮތަށް އަދިވެސް އެބައޮތްކަމަށް
ލިޔުން:
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައި ނިމުނުކަމަށް ސަރުކާރުން ބުނި ނަމަވެސް، އެގައުމުގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިން އިހު އޮތްގޮތަށް އަދިވެސް އެބައޮތްކަމަށް ކުރީގެ ދާހިލީ ވަޒީރު، މއުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސަން އޮންލައިނަށް އުމަރު ނަސީރު ލިޔުއްވި ކޮލަމެއްގައި ވިދާޅުވެފައިވަނީ، އަވައްޓެރި އިންޑިޔާގެ ނޭވީ ގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާ ބޯޓަކާއި، ރާޑަރު ތަކާ އަދި އެތަކެތި އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އެޤައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން އަދިވެސް އެބަތިބި ކަމަށެވެ. މިގޮތުން ހައްދުންމައްޗާއި، ހދ.ހަނިމާދޫ އާއި، އައްޑޫސިޓީގައި ހުރި އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރަމުން ދަނީ އަދިވެސް އެޤައުމަށް ނިސްބަތްވާ ސިފައިންކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
"މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ގެނެވުނު ބަދަލަކީ ޔުނިފޯރމް އަޅައިގެން މި މަސައްކަތުގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ ގެންގޮސް، 'ޔުނިފޯރމް ނާޅާ ބަޔަކު އެ މަސައްކަތުގައި ބައިތިއްބުން" އުމަރުގެ ލިޔުއްވުމުގައި ވިދާޅުވިއެވެ.
އުމަރުގެ ކޮލަމުގައި ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން އެނބުރި ޤައުމަށް ދާނަމަ، އެމީހުން ދާނީ، އިންޑިއާއަށް ނިސްބަތްވާ އަސްކަރީ އުޅަނދުތަކާއި އާލާތްތައް ހިފައިގެން ކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިން ވަކާލާތު ކުރީ އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމަށާއި، އޭގެ ތެރޭގައި އެމީހުންގެ އުޅަނދުތަކާއި، ރާޑަރުތަކާ އެތަކެތި އޮޕަރޭޓް ކުރަން ތިބި އެމީހުންގެ މީހުން ހިމެނޭ ކަމަށެވެ. މިގޮތުން ނިމިގެންދިޔަ ރިޔާސީ އިންތހާބު ކާމިޔާބުކުރެއްވި ޑރ.މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދިނީ އިންޑިއާ އަސްކަރިއްޔާ ފޮނުވާލުމަށްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އިންޑިޔާގެ ކަޑުގެ ސިފައިންގެ އުޅަނދެއް، ސިފައިންގެ ހުވައި ކޮށްގެން، ތަމްރީން ވެގެން ހުންނަ އެ ޤައުމުގެ މީހަކަށް މެނުވީ ނުދުއްވޭނެ" ކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވެފައިވަނީ، މިއީ ހުރިހާ މިލިޓަރީ އެއްގައިވެސް މިކަން އޮންނަ ގޮތް ކަމަށެވެ. ދިވެހި އަސްކަރިއްޔާގައި ވެސް މިކަން އޮންނަނީ މިހެންނެވެ. އެންމެ ކުޑަމިނުން އަސްކަރިއްޔާގައި ރަޖިސްޓްރީ ކޮށްފައި އޮންނަ ލޮރީއެއްގެ ހުންގާނަށްވެސް އެރޭނީ ހުވައި ކޮށްގެން ތަމްރީން ހަދައިގެން ހުންނަ މީހަކަށެ ދިވެހި ޕައިލެޓުން އަތަށް ހުންގާނު ނުދެނީ މި ސަބަބަށް ޓަކައި ކަމަށް އުމަރު ވިދާޅުވިއެވެ.. އަދި މިހާރު ހުންގާނުގައި ހިފައިގެން އެތިބަ އިންޑިޔާ މީހުންނަކީ ވެސް އިންޑިޔާގެ އަސްކަރިއްޔާގެ ހުވައި ކޮށްގެން، ތަމްރީން ހަދައިގެން ތިބި އިންޑިޔާ އަސްކަރިއްޔާގެ މުސާރަވެރިން ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި މިއީ ކުލަހެދުމުގައި ތިބި އިންޑިޔާގެ ސިފައިން ކަމަށް އުމަރުގެ ލިޔުއްވުމުގައި ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފައެވެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގައި ސަރުކާރުން އޮޅުވާލާފައިވާކަމަށް ކުރީގެ ދާހިލީ ވަޒީރު ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ ޕްލެޓްފޯމުތައް އޮޕަރޭޓް ކުރަން ތިބި ޖުމްލަ 76 އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާފައިވާކަމަށް ބުނެފައެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގެ ގާއިމުވެ ތިބި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި، ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން މިހާރު ތިބީ މަދަނީ މީހުންކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
