އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަ ވުމާގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަ ވުމާގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ލިޔުން:
ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން، އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އައްނަބީލާ ހަދީޖާ އިބްރާހީމްދީދީ އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ ލައްވަ ކަމަށާއްި، މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.
އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމާ ހަދީޖާ އިބްރާހީމް ދީދީ ލަހެއްޓެވުމަށްއެދި ދުއާކުރެއްވާފައެވެ.
އެ ކަމަނާ ހަވަހާރަވި އިރު އުމުރުފުޅަކީ 68 އަހަރެވެ. އެކަމަނާ އަވަހާރަވެފައި ވަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ޖަނާޒާ އޮންނާނީ މިއަދުގެ މަޣުރިބް ނަމާދަށް ފަހު އާސަހަރާގަ އެވެ.
ހަދީޖާގެ މަންމާފުޅަކީ އެއްގަމުގޭ އަލްވަޒީރު ހަކުރާ މަނިކުފާނުގެ މުހައްމަދު ދީދީގެ، ހ. އަނބުގަސްދޮށުގޭ އައްނަބީލާ އާމިނަތު މުހައްމަދު ދީދީ އެވެ. އެކަމަނާގެ ބައްޕާފުޅު، ފާމުލަދޭރި ކިލެގެފާނަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގައި 1954 އިން 1957 އަށް ބޮޑުވަޒީރުކަން ކުރެއްވި ފާމުލަދޭރި ކިލެގެފާނަކީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އިންގިލާބަކުން ބަދަލުކޮށްލުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
