އެނގިފައިވާ ގޮތުގައި ޝާކިރުބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު (ފެބްރުއަރީ 27) މެންދުރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.
ސާޅީހަށް ވުރެ ގިނަ ޑްރާމާއި ދިހަ ވަރަކަށް ފިލްމު ކުޅެފައިވާ ޝާކިރުބެ އެކްޓިންގެ މަސައްކަތް ފެއްޓެވީ ޓީވީއެމްގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާގައި އުޅުއްވަމުންނެވެ.
ޝާކިރުބެ ވަނީ ސަރުކާރަށް 35 އަހަރު ހިދުމަތްކޮދެއްވާފައެވެ. ޝާކިރުބެ އަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕަ އެވެ.






