
ކުނިމެނޭޖްކުރުން ހަރުދަނާކުރަން ޖަޕާނުން ރާއްޖެއަށް 80 މިލިޔަން ރުފިޔާގެ އެހީއެއް ދީފި
ކުނިމެނޭޖްކުރުން ހަރުދަނާކުރަން ޖަޕާނުން ރާއްޖެއަށް 80 މިލިޔަން ރުފިޔާގެ އެހީއެއް ދީފި
ލިޔުން:
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރަން ރާއްޖޭގައި ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން އެހީތެރިވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް 80 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.
ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އެ އެހީ ދިން ކަމުގެ ނޯޓުގައި ދެގައުމުން ސޮއިކުރީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ނޯޓުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސުކޭ އެވެ.
ސުންޝުކޭ ރާއްޖެއަށް ވަޑައިގަތީ ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެއްވި ހާއްސަ ޒިޔާރަތެއްގެ ގޮތުގަ އެވެ.
[embed]https://twitter.com/MoFAmv/status/1604816421225000960?s=20&t=qxe4s8wy10a1DQoMGdh6SQ[/embed]
ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަކީ ރާއްޖޭގައި އަދިވެސް އެހާ ހަރުދަނާ ގޮތެއްގައި ކުރެވެމުން ނުދާ ކަމެކެވެ. އެހެން ނަަމަވެސް އެކަން ހަރުދަނާ ކުރަން ބައިނަލް އަގުވާމީ އެކިއެކި ފަރާތްތަކުގެ އެހީގައި ރާއްޖޭން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތިމާވެށްޓަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަކަށް ތިލަފުށީގައި ކުރަމުން އައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން މިވީ 50 އަހަރުގެ ތެރޭގައި އެގައުމުން ވަނީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތް ގޮތުން ގިނަ އެހީތަކެއް ދީފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
