މާލެ: 31°C

ކުނި މެނޭޖްކުރަން އޮފީހެއް ހުޅުވައިފި

February 5, 2023
2 ފަހަރު ބަލާފައި
ކުނި މެނޭޖްކުރަން އޮފީހެއް ހުޅުވައިފި
ކުނި މެނޭޖްކުރަން އޮފީހެއް ހުޅުވައިފި
މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ބެލެހެއްޓުމަށްާތކާ މާލެ ސިޓީ ކައުންސިލްއިން ވޭސްޓް މެނޭޖްމެންޓް އޮފީހެއް މިއަދު ހުޅުވައިފި އެވެ.

އެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ އޮފީސް ހުޅުވުމަކީ މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށް  އެޅި ވަރަށް ބޮޑު ފިޔަވަޅެއްކަމުގައެވެ.

އަލަށް މިހުޅުވި އޮފޯހަކީ، ކުނީގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ އިދާރީކަންކަން ހިންގޭނެ އޮފީހެއްކަމުގައި މާލެ ސިޓި ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ ޢާއްމު ހިދުމަތް ތަކާއިބެހޭ ބައިގައެވެ.

  [embed]https://twitter.com/MaleCitymv/status/1622109557790232576[/embed]  

މާލޭގެ މަގުތަކާއި ޕާކްތަކާއި މައިޒާންތަކުގެ ކުނި ނަގައި ސާފުކުރަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 26 ގައި ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯ އިން ހުއްޓާލައި މާލެސިޓި ކައުންސިލުން ވަނީ އެމަސައްކަތާ ހަވާލުވެފައެވެ.

ކައުންސިލުން ކުނި ނަގަން ފެށި ނަމަވެސް މާލެ މަގުމަތީގައި ކުނި ގިނަވާ މަައްސަލަ ވަނީ ބޮޑުވެފައެވެ.  މާލެ ސިޓީ ކައުންސިލުން އާންމުކޮށް ކުނި ބަހައްޓާ ތަންތަން ފާހަގަކޮށް، އެނޫން ތަންތަނުގައި ކުނި ބަހައްޓާ މީހުނަށް ފިޔަވަޅު އަޅަން ފަށާފައި ވީ ނަމަވެސް މަގުތަކުގައި ކުނި ގިނައެވެ. މިއަދުގެ ރަސްމިއްތާތުގައި މާލޭގެ މޭޔަރު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އަޅާ މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ