ކުނި މެނޭޖު ކުރުމަށް 5 އަތޮޅަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފި

ކުނި މެނޭޖު ކުރުމަށް 5 އަތޮޅަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފި
ލިޔުން:
ރާއްޖޭގެ 5 އަތޮޅެއްގެ 22 ރަށަށް ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސް ވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އާމިނަތު ޝަޢުނާއެވެ. އަދި ސޯ އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނައެވެ.
މިނިސްޓްރީން ބުނިގޮތުގައި، ޖުމްލަ 7.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މިމަޝްރޫއުއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވައިރޮމެންޓް ޕްރޮޖެކްޓުގެ ތެރެއިން ހަރަދު ކުރާ މަޝްރޫޢުއެކެވެ.
މިނިސްޓްރީން ބުނީ، މިރަށްތަކަށް ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށެވެ.
ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސޯ އިންޖިނިއަރިންގއާއި ޙަވާލުކުރި ރަށްތަކަކީ މ. އަތޮޅުން މުލަށް، މުލި، ކޮޅުފުށި އަދި ދިއްގަރެވެ. ފ. އަތޮޅުން މަގޫދޫ، ނިލަންދޫ އަދި ފީއަލި އާއި، ދ. އަތޮޅުން ރިނބިދޫ، މާއެނބޫދޫ އަދި ކުޑަހުވަދޫ އާއި، ލ. އަތޮޅުން ދަނބިދޫ، ގަން، ފޮނަދޫ އަދި މާމެންދޫ އާއި، މީގެ އިތުރުން ތ އެއަތޮޅުން ބުރުނި، މަޑިފުށި، ގުރައިދޫ، ވަންދޫ، ތިމަރަފުށި، ކިނބިދޫ، އޮމަދޫ އަދި ހިރިލަންދޫ އަށް ފޮނުވަން ވަނީ ނިންމާފައެވެ.
https://twitter.com/MoEnvmv/status/1666050020158873600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1666050020158873600%7Ctwgr%5E40722a53719f3e3fe4ea3bae624a828c8dc0e1e4%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F33855
އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއައް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖް ކުރުމަށް ބޭނުންވާ ވަސީލައްތައް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމާއި އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ރަށުގެ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެމުންދާކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
