
ކުނި އެޅުމަށް ހާއްސަ ކޮތަޅުތަކެއް ވެމްކޯއިން ވިއްކަން ނިންމައިފި
ކުނި އެޅުމަށް ހާއްސަ ކޮތަޅުތަކެއް ވެމްކޯއިން ވިއްކަން ނިންމައިފި
ލިޔުން:
ކުނި އެޅުމަށް ހާއްސަ ކޮތަޅު ތަކެއް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ( ވެމްކޯ )އިން ވިއްކަން ނިންމައިފިއެވެ.
ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ވާ ގޮތަށް، ކުނި އެޅުމަށް ހާއްސަ ކޮތަޅު (ބިންލައިނާ) ވިއްކަން މި ހަފްތާގެ ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ، އެ ކޮތަޅުތައް ވިއްކާނެ އަގުތައް މި ހަފުތާގައި ހާމަކުރާނެ ކަމަށާއި، މި ކޮތަޅުތައް ލިބެން ހުންނާނީ ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ކަމަށެވެ.
https://twitter.com/WAMCOmv/status/1650163206051221504
ވެމްކޯއިން ވަނީ ތިން ސައިޒެއްގެ ކޮތަޅު ވިއްކަން ނިންމައިފަ އެވެ. އެއީ 17"11 ގެ ކޮތަޅާއި 27"18ގެ ކޮތަޅާއި 36"48 ސައިޒުގެ ކޮތަޅެވެ. މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދުކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް ވެމްކޯގެ އިއުލާނުގައި ބުނެފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފަށައިފަ އެވެ. އެހެން ކަމުން ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކުމަށް ބޭނުންކުރަން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
