
ކުންފުނިތަކުގެ އެއްދިމާލެއްގައި އެއް ބަޔަކު ގިނަދުވަހު ބޭއްތިއްބުން ރަނގަޅެއްނޫން: އޮޑިޓާ ޖެނެރަލް
ކުންފުނިތަކުގެ އެއްދިމާލެއްގައި އެއް ބަޔަކު ގިނަދުވަހު ބޭއްތިއްބުން ރަނގަޅެއްނޫން: އޮޑިޓާ ޖެނެރަލް
ލިޔުން:
ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އެއް ބަޔަކު މާ ގިނަ ދުވަހު ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިވައިސްކުރި އިރު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން ދޭތެރެއަކުން ރޮޓޭޓްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޚިޔާނާތެއްގެ ތުހުމަތެއް ނެތަސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި އެއީ ރަނގަޅަށް ކަންތައްތައް ކުރާ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތް ކަމަށެވެ.
"ވަރަށް މުހިއްމު ކަމެއް މިއީ ދޭތެރެއަކުން މުވައްޒަފުން ރޮޓޭޓްކުރުމަކީ އިނގޭތޯ. އެއީ ވަކި ކަމެއް ޝައްކުވެގެންނެއް ނޫން. ކުންފުނިތަކުގެ ހަމަ އެހެން ތަންތާގައި ވެސް ރނގަޅަަށް އަމަލުކުރާ އިރު ޖޮބްތައް ރޮޓޭޓްކުރޭ. އެކަކު އެއް ދިމާލެއްގައި މާ ގިނަ ދުވަހު ބެހެއްޓުން އެއީ ރަނގަޅު ކަމެއް ނޫން،" ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުގެ މައްސަލަތައް ދިމާވެފައިވާ ކުންފުނިތަކުގައި އެގޮތަށް މުވައްޒަފުން ރޮޓޭޓްކުރުން އަދި މާމުހިއްމެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ ޕްރޮކޮއިއުމެންޓްގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަނުގެ އަމަލުތަކުގައި ތުހުމަތުވާ ފަރާތްތަކާ މެދު އެކުންފުނިން އެޅީ ކޮންކޮން ފިޔަވަޅުތަކެއްތޯ މާލިއްޔަތު ކޮމިޓީން ބެލުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
