މާލެ: 31°C

ކުންފުނީގެ އެކައުންޓުން، ވަަގަށް އަމިއްލަ އެކައުންޓަކަށް ފައިސާ ފޮނުވޭނެ އެއްވެސް ގޮތެއްނޯންނާނެ: އާރްޑީސީ

ކުންފުނީގެ އެކައުންޓުން، ވަަގަށް އަމިއްލަ އެކައުންޓަކަށް ފައިސާ ފޮނުވޭނެ އެއްވެސް ގޮތެއްނޯންނާނެ: އާރްޑީސީ
July 6, 2023
2 ފަހަރު ބަލާފައި
ކުންފުނީގެ އެކައުންޓުން، ވަަގަށް އަމިއްލަ އެކައުންޓަކަށް ފައިސާ ފޮނުވޭނެ އެއްވެސް ގޮތެއްނޯންނާނެ: އާރްޑީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އިސް ވެރިއެއްގެ އެކައުންޓަށް އެ ކުންފުނީގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް  ތުހުމަތުކުރާ މައްސަލަ އާ ގުޅިގެން އާރުޑީސީން ބަޔާނެއް ނެރެ އެކަން ދޮގުކޮށްފިއެވެ. އާރްޑިސީއިން ބުނީ، އަމިއްލަ އެކައުންތަކަށް ފައިސާ ދިއުމުގެ މުއާމަލާތެއް އަދި އެކަމާ ގުޅުން ހުރި މުއާމަލާތެއް އެކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. "އާރުޑީސީން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން ގެންދަނީ ރާއްޖޭގެ މާލީ ގާނޫނުތަކާއި ގަވައިދުތަކާ އަދި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށެވެ. އެހެންވެ، ފައިސާއަށް ހިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް މުވައްޒަފެއްގެ އަމިއްލަ އެކަައުންޓަށް، ކުންފުނީގެ މައި އެކައުންޓުން ފޮނުވޭނެ ގޮތެއް ނޯންނާނެ އެވެ،" އާރުޑީސީގެ ބަޔާނުގައި ބުންޏެވެ. އާރުޑީސީން ބީއެމްއެލްގައި ހުޅުވާފައިވާ ކުންފުނީގެ މައި އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު(މޫކޭ) އާއި ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ އަޑުތައް، އެ ދެބޭފުޅުން ވެސް ވަނީ ދޮގުކުރައްވާފައެެވެ. [embed]https://twitter.com/rdcmaldives/status/1676649402952482816[/embed] އާރުޑީސީއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. އެނގިފައިވާ ގޮތުގައި، އާރުޑީސީގެ ފައިސާގެ މައްސަލައެއް ފުލުހުން ބަލަން ފެށީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އާރްޑީސީގެ ބަޔާނުގައި ބުނީ، އެ ކުންފުންޏާ ގުޅުން ހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ނުވަތަ ތަހުގީގު ކުރަން ބޭނުންވާކަން، ފުލުހުންނާއި އެމްއެމްއޭއިން ވެސް އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ