ކުމުންދޫ ނެރުމައްޗަށް އެމްޓީސީސީގެ ބާޖެއް އުރިއްޖެ

ކުމުންދޫ ނެރުމައްޗަށް އެމްޓީސީސީގެ ބާޖެއް އުރިއްޖެ
ލިޔުން:
ހދ. ކުމުންދޫގެ ނެރުމަށްޗަށް ހިލަ ބަރުކޮށްފައި އޮތް އެމްޓީސީސީގެ ބާޖެއް އުރިއްޖެއެވެ.
އެ ބާޖު ރަށުގެ ނެރަށް އުރުނީ އިއްޔެ ހަވީރުއެވެ. ކުމުންދޫ ކައުންސިލްގެ މެމްބަރު އަލީ އަންވަރު މިނިވަން އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ރަށުގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ އެ ބާޖު، ތިލަ ކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އައި ނަމަވެސް އަދި ފުން ނުކުރެވޭ ކަމަށެވެ.
ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ބާޖު ފުންކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށާއި ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީން ޓަގު ބޯޓެއް ބޭނުންކޮށްގެން ކަމަށް އަންވަރު ވިދާޅުވިއެވެ.
މި ހާދިސާ ހިންގަން މެދުވެރިވި ސަބަބަކީ މޫސުން ގޯސްވެ ވިއްސާރަވުމުން ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށް އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ބާޖު އޮތީ ނެރުގެ އެއް ފަޅިއެއްގައި ކަމުން އެހެން އުޅަނދުފަހަރު ފަޅަށް ވަދެ ނިކުތުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. ނަމަވެސް އެހާ ބޮޑު ބަރު ބާޖެއް ނެރުމައްޗަށް އުރުމުން ނެރަށް ވަރަށް ބޮޑު ގެއްލުމެއް ވާނޭކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީއާ ހަވާލު ކުރީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކޮށް، 154 މީޓަރު ޕޭވްމަންޓް މަރާމާތުކޮށް، ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
