ކުމުންދޫގައި ޕޮލިސް ސްޓޭޝަން ހިންގާނެ ތަނެއް ނުލިބި ދެ އަހަރު

ކުމުންދޫގައި ޕޮލިސް ސްޓޭޝަން ހިންގާނެ ތަނެއް ނުލިބި ދެ އަހަރު
ލިޔުން:
ހދ. ކުމުންދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރާނެ ތަނެއް ހޯދަން 2020 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެރަށުން އެކަމަށް އެކަށީގެންވާ ޖާގައެއް އަދި ވެސް ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރަނީ އާއްމުކޮށް، ދެ ގޮތަކަށް ކަމަށެވެ. އެއް ގޮތަކީ އެރަށެއްގެ ކައުންސިލާ ވާހަކަ ދައްކައިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ހޯދުން ކަމަށާއި ދެވަނަ ގޮތަކީ އެކަށީގެންވާ އަގެއްގައި ތަނެއް ކުއްޔަށް ހިފުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ ޕޮލިސް ސްޓޭޝަނެއް ހިންގަން އެކަށީގެންވާ ތަނެއް ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތް ކަމަށާއި ކުއްޔަށް ހިފާނެ ތަނެއް ހޯދަން ތިން ފަހަރެެއްގެ މަތިން އިއުލާނުކޮށްގެން ވެސް އެކަށީގެންވާ އަގެއްގައި އެރަށުން ތަނެއް ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[އިއުލާނުކުރި] ފުރަތަމަ ފަހަރު ހުށަހެޅި ފަރާތުން ހުށަހެޅީ ވަރަށް ބޮޑު އަގެއް. އެހެންވީމާ އެތަނުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވެން ނެތް ކަމަށް އަޅުގަނޑުމެން ނިންމީ ވަރަށް ބޮޑު އަގަކަށް ވާތީ. ދެވަނަ އަށް އިއުލާނު ކުރި ދެފަހަރު ވެސް އެއްވެސް ފަރާތަކުން [ތަނެއް ކުއްޔަށް ދޭކަށް] ކުރިމައްޗެއް ނުލައްވާ،" އިމްރާން ވިދާޅުވި އެވެ.
ދެކޮޓަރީގެ ތަނެއް ކުއްޔަށް ލިބެން އެބަހުރި ކަމަށް ކުމުންދޫ ކައުންސިލުން ފަހުން މައުލޫމާތު ދިން ކަމަށާއި އެހެން ނަމަވެސް އެތަން ކުއްޔަށް ދޭ ފަރާތުގެ އާއިލާ، ހަމަ އެ އިމާރާތުގައި އުޅޭ ގޮތަށް ދޭތީ އެއީ ވެސް ޕޮލިސް ސްޓޭޝަނެއް ހިންގަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުމުންދޫގައި ކުށްކުރާ މިންވަރު ފަަހަކަށް އައިސް އިތުރުވެފައި ވާތީ އެއީ ޕޮލިސް ސްޓޭޝަނެއް ގާއިމްކުރަން މުހިއްމު ރަށެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ޕޮލިސް ސްޓޭޝަނެއް ހިންގާނެ ތަނެއް ހޯދަން ކައުންސިލާއި ކުމުންދޫ ހިމެނޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގުޅިވަޑައިގެން ކޮށްދެއްވަން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
