
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް، އުތުރުގެ ރައްޔިތުންނަށް ބޮޑު ލުޔެއް
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް، އުތުރުގެ ރައްޔިތުންނަށް ބޮޑު ލުޔެއް
ލިޔުން:
ކެންސަރުގެ ބަލިމީހުންނަށް ދޭ ފަރުވާ، ކީމޯ ތެރަޕީގެ ހިދުމަތް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް( ކޭއާރްއެޗް) ގައި ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ކީމޯ ތެރަޕީގެ ހިދުމަތް އެ ހޮސްޕިޓަލްގައި ފަށާފައިވަނީ މިދިޔަ ހޯމަދުވަހު ކަަމަށެވެ.
ކޭއާރްއެޗް އިން، އެ ހިދުމަތަށް އެދުމަތުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ބަލިމީހުން ރެޖިސްޓްރީކުރަން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އެންމެ ފުރަތަމަ ޕޭޝަންޓަށް މިދިޔަ ހޯމަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކީމޯ ތެރަޕީ ވަނީ ދީފައެވެ. އެ ހިދުމަތް ފުރަތަމަ ހޯދާފައިވަނީ ހދ.އަތޮޅުގެ އެހެން ރަށެއްގެ ރައްޔިތެކެވެ.
އެ ހޮސްޕިޓަލްގައި އެއްފަހަރާ ދެ ބަލިމީހުނަށް ކީމޯގެ ދެވޭނެ އެވެ.
ހިދުމަތް ފަށާފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ޓީމުގެ އެހީތެރިކަމާއެކުކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު، ކޭއާރްއެޗްގެ ނަރުހުންނަށް އެކަމުގެ ފުރިހަމަ ތަމްރީންވެސް ވަނީ ދީފައެވެ. އަދި އިތުރު ތަމްރީނާ ތަޖުރިބާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކީމޯ ތެރަޕީއާއި އެކަމުގެ ހުރިހާ ފަރުވާއެއްވެސް ފޯރުކޮށްދޭނީ އާސަންދައިގެ ދަށުން އިތުރު އަގަކާއި ނުލައެވެ.
މިހާރުވެސް ކީމޯގެ ހިދުމަތް އަތޮޅުތަކުގެ 3 ހޮސްޕިޓަލެއްގައި ދެމުންއާދެއެވެ. އެއީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ.އަތޮޅު ހޮސްޕިޓަލްގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރައްޔިތުން ސިއްޙީ ހިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލަށް ވާ އިރު، މިހިދުމަތަކީ އުތުރުގެ ގިނަ ރައްޔޮތުންނަށް ލިބިގެން ދިޔަ ބޮޑު ފަސޭހަ އެއްކަމަށް ކޭއާރްއެޗް އިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
