
ކުޅުދުއްފުށީގަ ފުލުހުންގެ ވެހިކަލްތައް ބޭނުންކުުރުމެއް ނުހުއްޓޭ: އިމްރާން
ކުޅުދުއްފުށީގަ ފުލުހުންގެ ވެހިކަލްތައް ބޭނުންކުުރުމެއް ނުހުއްޓޭ: އިމްރާން
ލިޔުން:
ކުޅުދުއްފުށީގައި ފުލުހުން ދުއްވާ ވެހިކަލްތަކަށް ތެޔޮ އަޅާފައި ބިލުތަކަށް ފައިސާ ނުދައްކާތީ، ތެޔޮ އަޅައިދިނުން ހުއްޓައިލުމުން ވެހިކަލްތައް ބޭނުންކުރުން ހުއްޓިފައިވާ ކަމަށް މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން މިއަދު ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާލުވީ ފައިސާ ނުދެއްކިގެން ކުޅުދުއްފުށީ ފުލުހުންގެ ވެހިކަލްތަށް ޕެޓްރޯލް ވިއްކުން ހުއްޓާލިކަމަށް ލިޔެފައިވާ ހަބަރުތަކަކީ ރަނގަޅު މައުލޫމާތު ނޫންކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ކުޅުދުއްފުށީގެ ފުލުހުންނަށް ޕެޓްރޯލް ވިއްކާ ކުންފުނިން ފުލުހުންނަށް އެހިދުމަތް ހުއްޓާލާފައިވަނީ ހިދުމަތުގެ ފައިސާ ނުލިބި ގިނަދުވަސްތަކެއް ވުމުންނެވެ. އިމްރާން ވިދާޅުވީ ހިދުމަތް މެދުކަނޑާލިވާހަކަ އަކީ ރަނގަޅުވާހަކައެއް ނޫން ކަމަށާއި އެހެން ނަމަވެސް ބިލްތަކަށް ފައިސާ ނުދެއްކިގެން މައްސަލަތަކެއް ދިމާވިކަމަށެވެ. އެ ބިލްތަކަށް އިއްޔެ ފައިސާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހޯމް މިނިސްޓްރީ އަށް ކުރެވެން އޮންނަ ކަމަކީ ބިލްތައް ލިބުމުން އެބިލްތައް ފިނޭސް އަށް ފޮނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
"... އަޅުގަނޑުމެންނަށް ކުރެވެން އޮންނަ ކަމަކީ ބިލްތައް ގެނެސްފަ އެބިލްތައް ޕޯސްޓް ކުރުން." މިނިސްޓަރ ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުގައި އިއްޔެ ރިޕޯޓްކުރީ ކުޅުދުއްފުށި ފުލުހުންނައް ޕެޓްރޯލް ނުލިބުމުން ރަށުތެރެ ބެލެހެއްޓުމަށް ބުރޫ އަރާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
