މާލެ: 31°C

ކުޅުދުއްފުށީ ހޮސްޕިޓަލް ގައި އަލަށް ތަރައްގީ ކުރި އައިސީޔޫގެ ހިދުމަތް ފަށައިިފި

ކުޅުދުއްފުށީ ހޮސްޕިޓަލް ގައި އަލަށް ތަރައްގީ ކުރި އައިސީޔޫގެ ހިދުމަތް ފަށައިިފި
May 11, 2023
2 ފަހަރު ބަލާފައި
ކުޅުދުއްފުށީ ހޮސްޕިޓަލް ގައި އަލަށް ތަރައްގީ ކުރި އައިސީޔޫގެ ހިދުމަތް ފަށައިިފި
ކުޅުދުއްފުށީގައި އަލަށް ތަރަށްގީ ކުރި އައިސީސީޔޫގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދޭން ފަށައިފިއެވެ. މި އައިސީޔޫގެ ހިދުމަތް ހުޅުވީ އިއްޔެ ކުޅުދުއްފުށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި އަލަށް ހެދި އައިސީޔޫ ގާއިމުކޮށްފައިވަނީ އާ އިމާރާތުގެ ދެވަނަ ބުރީގަ އެވެ. އެ އައިސީޔޫގައި 6 އެނދު ހުންނައިރު 6 އެނދުގައިވެސް ބަހައްޓާފައިވަނީ ވަކި ހަ ކޮޓަރީގައި އެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ބަލި މީހާ އޮންނައިރު ފެންނާނެހެން ބިއްޔޫރި ޖަހާފައިވާއިރު ކޮންމެ އެނދެއްގައިވެސް ވެންޓިލޭޓަރު ހުރެ އެވެ.

ޑައިލިސިސްގެ ހިދުމަތާއި ގައިން ގަޔަށް އަރާ ބަލިތަކުގެ މީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމު ގާއިމުކޮށްފައިވާ އެ އައިސީޔޫގައި އެތެރެ ތަނަވަސް ވެފައި އެތަނުގެ ތެރޭގައި ނަމާދުކުރަން ހާއްސަ ކޮޓަރި އާއި ޑޮކްޓަރުންނާއި ނަރުހުންގެ ބޭނުމަށް އެހެނިހެން އިންތިޒާމުތައްވެސް ގާއިމުކޮށްފައިވެ އެވެ.

މިހާރު ބޭނުންކުރަމުންދާ އައިސީޔޫގައި ހުންނަނީ ހަތަރު އެނދާއި ތިން ވެންޓިލޭޓަރެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލްގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް އިފްތިތާކުކޮށްފައެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ މިސަރުކާރުގެ އަމާޒެކެެވެ. އެގޮތުން ސިއްހީ ދާއިރާގެ ގިނަ ޕްރޮޖެކްޓްތަކެއް ދަނީ ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ