
ކުޅުދުފުށީ ހޮސްޕިޓަލްގެ އާ އޯޕީޑީގެ އިމާރާތުގެ މަސައްކަތް ނިމުމަކަށް އަތުވެއްޖެ
ކުޅުދުފުށީ ހޮސްޕިޓަލްގެ އާ އޯޕީޑީގެ އިމާރާތުގެ މަސައްކަތް ނިމުމަކަށް އަތުވެއްޖެ
ލިޔުން:
ކުޅުދުފުށީ ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައި ވަނީ ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ވަނީ އެއްކޮށްު ނިމިފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި މަޝްރޫއުއަކީ ޖުމުލަ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އަދި އީސީޖީ ރޫމެއް ވަނީ ހަދާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
