
ކުޅުދުއްފުށީ ކަރަންޓް މައްސަލަ: އެންމެފަހުން ސްޓެލްކޯގެ ޓީމެއް ފޮނުވައިފި
ކުޅުދުއްފުށީ ކަރަންޓް މައްސަލަ: އެންމެފަހުން ސްޓެލްކޯގެ ޓީމެއް ފޮނުވައިފި
ލިޔުން:
ހދ.ކުޅުދުއްފުށި ސިޓީ ފެނަކަ އިންޖީނުގެއިން ކަރަންޓްގެ ހިދުމަތް ދިނުމުގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެންމެފަހުން ސްޓެލްކޯގެ އިލެކްޓްރިކަލް އިންޖިނިއަރުންގެ ޓީމެއް އެރަށަށް ދިއުމަށް ފުރައިފިއެވެ.
ކުޅުދުއްފުށީގައި ފެނަކައިން ހިންގަމުން އަންނަ އިންޖިނުގެއިްނ ކަރަންޓްގެ ހިދުމަތް މެދުކެނޑެމުން އަންނަތާ ގިނަ ދުވަސްތަކެއް ވީފަހުން، އިއްޔެ ވަނީ އައު އިންޖީނެއް ބަހައްޓައި ކަރަންޓްގެ ހިދުމަތް ދޭން ފަށާފައެވެ. ނަމަވެސް އެ އިންޖީނު ބޭނުންކުރަން ފެށިތާ ގިނަ އިރެއްނުވެ، އިންޖީނުގެ ކަރަންޓް ކޭބަލެއްގައި ރޯވެގެން އިއްޔެ މެންދުރު ކަރަންޓް ކަނޑައިގެންދިޔައިރު، މިއަދު ހެނދުނު އަނެއްކާވެސް ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައެއްގައި ޖަނަރޭޓަރުތައް ކޮންޓްރޯލްކުރާ މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓް ގޮސްފައެވެ.
ފެނަކައިން ބުނާގޮތުގައި އެ މައްސަލަ ދިމާވީ ކަނެކްޝަން ހެދިއިރު ދިމާވި ކަމަކުންނެވެ.
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެކްސްގައި ވިދާޅުވެފައެވެ.
https://twitter.com/u09HussainFahmy/status/1779828923947520503
ފެނަކައިން ބުނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މިއަދުގެ އިރުއޮއްސުމުގެ ކުރިން ރަނގަޅު ކުރެވޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
ފެނަކައިން ވަނީ ކުޅުދުއްފުށީ އިންޖީނުގޭގައި ދިމާވި މައްސަލަ ތަހުގީގުކުރާނޭކަމަށް ބުނެފައެވެ. މިގޮތުން އެކަމުގައި މުއައްޒަފެއްގެ އިހުމާލެއް ވޭތޯ ބަލައި، އިހުމާލެއް ވާނަމަ އެ މުއައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާވެސް ކުރާނޭކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
