މާލެ: 31°C
ހދ.ކުޅުދުއްފުށީ 23 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަނީ

ހދ.ކުޅުދުއްފުށީ 23 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަނީ

August 11, 2024
2 ފަހަރު ބަލާފައި
ހދ.ކުޅުދުއްފުށީ 23 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަނީ
ހދ.ކުޅުދުއްފުށި ކިނާރާގެ 23 އަހަރުގެ އަޙްމަދު އަނިލް މުޙައްމަދު ގެ ޙަބަރެއް އާއިލާއަށް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ. ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އަޙްމަދު އަނިލް މުޙައްމަދު އެއްމެފަހުން ދިރިއުޅެމުންގޮސްފައިވަނީ މާލޭގައި ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު އާއިލާއަށް ފޯނުން ގުޅުމުންކަމަށާއި އޭގެފަހުން އޭނާގެ ހަބަރެއްނުވާކަމަށް އާއިލާއާއި ޙަވާލާދީ ބުނެފައިވެއެވެ. އެހެންކަމުން އަޙްމަދު އަނިލް މުޙައްމަދާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ