މާލެ: 31°C
ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓްޔާޑް މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެ

ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓްޔާޑް މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެ

August 4, 2024
3 ފަހަރު ބަލާފައި
ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓްޔާޑް މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ %95 މަސައްކަތް ނިންމާލައިފިއެވެ. ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. އެމްޕީއެލުން ބުނީ ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިންމައި، މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމްކުރަން ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ