މާލެ: 31°C

ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި

March 12, 2025
115 ފަހަރު ބަލާފައި
ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި
ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޒަމާނީ ވަޞީލަތްތަކާއެކު ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމުގެ އެއް ބަސްވުމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއިދެމެދު ވެވުނު އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާ ބެހޭ މިނިސްޓަރ ހައިދަރު އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ރިޓަޔަރޑް އަލީ ޒުހައިރު އެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ޙަވާލުކުރެވުނު މަސްރޫއުއެއް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ބިނާ ކުރާ އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 35،777.88 އަކަފޫޓްގެ ޖާގައިގައެވެ. މި އިންސްޓިޓިއުޓްގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެ ކަމަށާއި، އަދި ދަރިވަރުންނަށް އެރަށުގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ހުންނާނެ ކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ކުޅުދުއްފުށީގައި ތަރައްގީކުރެވޭ ދަނާލުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން ހިމެނިފައިވާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ