މާލެ: 31°C

ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެވެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ: ޔުމްނާ

ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެވެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ: ޔުމްނާ
July 1, 2023
2 ފަހަރު ބަލާފައި
ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެވެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ: ޔުމްނާ
ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ މިފަދައިން ވިދާޅުވީ، ގއ. ވިލިގިލީގައި ބޭއްވި ޝޯއެއްގައި ބަޔަކު ނިވާކަން ކުޑަކަމަށް ދައްކުވައިދޭ މަންޒަރުތަކަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެޝޯ އަށް ގިނަބައެއްގެ ފާޑު ކިއުން އަމާޒުވެފައިވާ އިރު، ޓުވިޓާގައި ޔުމްނާ ވިދާޅުވީ، ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫޙު އާލާ ކުރާ ދުވަސްވަރެއް ކަމަށެވެ. އެހެން ކަމުން އީދު ކުޅިވަރުގައި ވެސް، އަދި އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގައި ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭނެ ކަމުގައި ޔުމްނާ ވިދާޅުވިއެވެ. އީދު ޝޯތަކާ ސަގާފީ އެކިއެކި ކުޅިވަރުތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުން ދާއިރު، ގއ. ވިލިގިލީގެ މި ޝޯއަކީ ގިނަބައެއްގެ ފާޑުކިއުން އެންމެ ބޮޑަށް އަމަޒުވެގެން ދިޔަ އެއް ހަރަކާތެވެ. ވިލިގިލީ އެ ޝޯގެ މަންޒަރުތަކުގެ ވީޑިއޯ މުޅި މީސްމީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހަރަކާތުގައި ބުރުގާ އަޅައިގެން އުޅުނު ކުއްޖެއްވެސް ނިވާކަން ކުޑަ ހެދުމެއް އަޅާފައިވާ މަންޒަރު ފެނިގެން ދެއެވެ. އެހެން ކަމުން އެއީ ބުރުގާ އަޅާ ނިވާވެގެން ތިބި އަންހެނުންނަ ވެސް ފާޅުގައި ކުރި ފުރަށް ސާރައެއް ކަމަށްވެސް ގިނަބަޔަކު ދަނީ ކިޔަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ