މާލެ: 31°C
ކްލެމެންސީ ބޯޑަށް މަޖިލީހުން ޝުޖާއު

ކްލެމެންސީ ބޯޑަށް މަޖިލީހުން ޝުޖާއު

June 4, 2024
3 ފަހަރު ބަލާފައި
ކްލެމެންސީ ބޯޑަށް މަޖިލީހުން ޝުޖާއު
ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑަށް ހަމަޖައްސާ މެމްބަރެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު އައްޔަނުކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ. ޝުޖާއުއަކީ ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ. ކްލެމެންސީ ބޯޑަކީ އޭޖީ އޮފީހުގެ ދަށުުން މަސައްކަތް ކުރާ ބޯޑެކެވެ. މިއީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ 11 މެންބަރުންގެ ބޯޑެކެވެ. އެ ބޯޑުގައި ގާނޫނޫ ދާއިރާއިން މީހަކު, ތައުލީމީ ދާއިރާގެ މީހަކު, އިޖުތިމާއީ ދާއިރާގެ މީހަކު, ސިއްހީ ދާއިރާގެ މީހަކު, ދީނީ އިލްމުގެ މީހަކު, މަދަނީ ޖަމިއްޔާގެ މީހަކު, ޕެރޯލް ބޯޑުގެ މީހަކު, ފުލުހުންގެ ދާއިރާގެ މީހަކު, ޝަރުއީ ދާއިރާގެ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ކްލެމެންސީ ބޯޑުގައި މަޖިލީހުގެ ފަރާތުން އިންނެވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ