ކުލަޔާ ނަން ނަކަލު ކުރުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ފާޑުކިޔައިފިއެވެ.
އެމްޓީޑީގެ ކުލަޔާއި ނަން ނަކަލު ކުރުމާ ގުޅިގެން އެޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެޕާޓީ އަށް ނަން ދެވުނު ގޮތާއި ޕާޓީގެ ކުލަ ހިޔާރު ކުރެވުނު ގޮތް ކިޔައިދީފައެވެ.
އެގޮތުން ޓުވީޓުގައި ބުނެފައި ވަނީ، އެމްޓީޑީ އަކީ، އެ ޕާޓީގެ ލީޑާރު އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގެ އެކަހެރި ގޮޅިއެއްގައި ބަންދުކޮށްފައި ވަނިކޮށް ލިޔުއްވި ސިޔާސީ ޕާޓީގެ ފަލްސަފާ އެއް ކަމަށާއި، އެ ޕާޓީގެ ނަމާއި، ފިކުރާއި، ކުލަތަކަކަކީ އެ މަނިކުފާނު ހިޔާރު ކުރެއްވި ކުލަތަކެއް ކަމުގައެވެ.
އަދީބު ޕާޓީގެ ނަމަކަށް ތާރޑްވޭ ޑިމޮކްރެޓުންގެ ނަން ހިޔާރު ކުރެއްވީ ސެންޓްރިސްޓް ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރައްވާތީ ކަމަށާއި، ޕީޓީގެ ކުލައަކަށް އަދީބު ސްކައި ބްލޫ ހިޔާރުކުރެއްވީ، ތިން އަހަރު ވަންދެން، އޭނާގެ ގޮޅިން ފެންނަ ހަމައެކަނި އުއްމީދަކީ އެއީ ކަމަށް ވާތީ ކަމަށް ވެސް ޓުވީޓުގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އާ ސިޔާސީ އެހެން ޕާޓީތަކުގެ ނަންތަކާއި ކުލަތައް އަޅުގަނޑުމެންގެ ޕާޓީން އިންސްޕަޔަރ ވެފައިވާތީ" ޓްވީޓުގައި ބުނެފައިވެއެވެ.
https://twitter.com/MTDSecretariat/status/1661322252519116800?t=7b28XXD6JHjcYnO4OreXPA&s=19
އެމްޓީޑީން ވަނީ އަލަށް އުފައްދާ ސިޔާސީ ޕާޓީތަކަށް ނަން ދިނުމާއި ކުލަ ހިޔާރު ކުރުމުގައި އެހެން ޕާޓީގެ ކުލަތަށް ކޮޕީ ކުރުމުގެ ބަދަލުގައި، އަމިއްލަ އުފެއްދުން ހިޔާރު ކުރުމަށް އިހްތިރާމާއެކު އެދިފައެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންމުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައި އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.
އެމްޑީޕީ ދެބައިވެ ސަރުކާރާ ހިޔާލު ތަފާތުވި، ނަޝީދު ނިސްބަތްވާ ފެކްޝަންގައި ހިމެނޭ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.
އެގޮތުން ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ 13 މަޖިލިސް މެންބަރަކު އެމްޑީޕީން ވަނީ ވަކިވެފައެވެ.