
ކުލަޖަން އުޅެނިކޮށް އަނިޔާވި ޒުވާނާ މާލެގެނެސްފި
ކުލަޖަން އުޅެނިކޮށް އަނިޔާވި ޒުވާނާ މާލެގެނެސްފި
ލިޔުން:
ފުވައްމުލަކު ސިޓީ ގައި އީދު ކުޅުމުގެ ތެރޭގައި، އެއްލި ކުލަ ފެން ކޮތަޅަކުން ސަލާމަތްވާން އުޅެނިކޮށް ސައިކަލުން ވެއްޓި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސްފި އެވެ.
ފުވައްމުލަކުން މައުލޫމާތު ލިބުނުގޮތުގައި އަނިޔާވީ 20 އަހަރުގެ އަންހެނަކަށެވެ. އޭނާ އަށް އަނިޔާވީ މަގުމަތީގައި ފެން ޖަހަން އުޅުނު ބައެއްގެ ކައިރިން ނެއްޓުމަށް ސައިކަލު ބާރު ކޮށްލިތަނާ ވެއްޓިގެންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނޭފަތުންނާއި ކަންފަތުން ލޭ އައިސް ބޮލަށް ވެސް އަނިޔާތަކެއް ވެފައިވާތީ، އިތުރު ފަރުވާ އަށް މާލެ ފޮނުވާލީ ކަމަށެވެ.
އިއްޔެ އެއްގަޑި އިރު ތެރޭގައު ފުވައްމުލަކުގައި 3 އެކްސިޑެންޓް ހިނގާފައިވެއެވެ.
އީދު ކުޅިވަރު ކުޅުމުގައި، ވަރަށް ގިނަ ފަހަރު އަނެކާގެ ކަރާމާތަށް އަރާގަނެވި، އަނިޔާ އާއި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާތައް ވެސް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
