
ކުލަބޮކިތަކާ ގިޑިގެތައް ނެގުން ފަސްކޮށްފި
ކުލަބޮކިތަކާ ގިޑިގެތައް ނެގުން ފަސްކޮށްފި
ލިޔުން:
އަޟްހާ އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި ހަރުކުރި ކުލަބޮކިތަކާއި، ގިޑިގެތައް ނެގުން މާލެ ސިޓީ ކައުންސިލުން ފަސްކޮށްފިއެވެ.
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަޟްހާ އީދު ޗުއްޓީގައި މާލެއިން ބޭރުގައި ތިބި ގިނަ ފަރާތްތަކަކުން މި މަންޒަރުތައް ބަލާލުމުގެ ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ނިންމާފައި އޮތް ގޮތުން ބޮކިފަތިތައް ނަގަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އީދު ބަންދުގައި ރާއްޖޭން ބޭރަށް ދިޔަ މީހުންނަށް އެ ރީތިކަން ނުފެންނާތީ ބޮކި ފަތިތައް ނެގުމުގެ މަސައްކަތް ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ހަފްތާ ބަންދުން ފެށިގެން ކަމަށް މޭޔަރ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން އަޟްހާ އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލަދެއްވީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކާ ބޭއްވި ހަފްލާއެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ.
އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ވަނީ މާލެ ސިޓީ ކައުންސިލުން ހަރުކޮށްދީފައެވެ.
ސިޓީ ކައުންސިލުން ބުނީ ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މިފަދައިން އެކި މުނާސަބަތުތަކާއި ގުޅުވައިގެން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
