މާފުށީ ޖަލުގައި ތިބޭ ކުއްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ސަޕްލައިކޮށްދިނުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދުރާލައި ރާވައިގެން ހިންގި ޙާއްސަ އޮޕަރޭޝަނުގައި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 އޮފިސަރުންގެ ތެރެއިން 11 މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ޖަހާދީފައެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަށްފަހު ހޯމް މިނިސްޓަރު އަލީ އިހުސާން އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ މައްސަލާގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓުތަކަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. އަދި އޭގެތެރެއިން އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.
ކުއްވެރިންނަށް ސަޕްލައި ކޮށްދޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންނަށް ދައުވާކުރުމަށް ފޮނުވައިފި
ކުއްވެރިންނަށް ސަޕްލައި ކޮށްދޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންނަށް ދައުވާކުރުމަށް ފޮނުވައިފި
ލިޔުން:
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ގެ ތެރެއިން ކުއްވެރިންނަށް ތަކެތި ސަޕްލައިކޮށްދޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުން ހިންގި ޙާއްސަ އޮފަރޭޝަނުގައި ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރެއްގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް މިއަދު ފުލުހުން ހާމަކޮށްފިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
