މާލެ: 31°C

"ކުށްކުރާ ބިދޭސީން ޑީޕޯޓްކުރަން އެމްބަސީތަކުގެ އެއްބާރުލުން ކުޑަ"

"ކުށްކުރާ ބިދޭސީން ޑީޕޯޓްކުރަން އެމްބަސީތަކުގެ އެއްބާރުލުން ކުޑަ"
March 15, 2023
2 ފަހަރު ބަލާފައި
"ކުށްކުރާ ބިދޭސީން ޑީޕޯޓްކުރަން އެމްބަސީތަކުގެ އެއްބާރުލުން ކުޑަ"
ރާއްޖޭގައި ކުށުގެވެށިން ހައްޔަރު ކުރާ ބިދޭސީން ޑީޕޯޓް ކުރަން އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން އެކަށީގެންވާ އަވަސްމިނެއްގައި އެހީތެރިކަމެއް ނުލިބޭކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ރާއްޖޭގައި ކުށުގެ ވެށިން ހައްޔަރު ކުރެވޭ، ގަވައިދާ ހިލާފައް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓް ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެށިން ހައްްޔަރުކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންގެ ލިޔެކިއުންތައް ނުހުންނަ އިރު، އެމީހުން ޑީޕޯޓްކުރުމުގައި އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުގެ އެހީތެރިކަން ބޭނުންވެ އެވެ. "...ކުށުގެ ވެށިން ހައްޔަރުކުރެވޭ، ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓްކުރަން ބަލާއިރު، ،މިއީ މަލްޓި އެޖެންސީ، އަދި ގިނަ ފަހަރު އެހެން ގައުމެއްގެ އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތެކެވެ. އަދި މިފަދަ ފަރާތްތައް ޑީޕޯޓްކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކަކީ ވެސް ލިޔެކިއުން ނެތް ބިދޭސީން ފުރުވައިލުމުގައި އެމީހުން ނިސްބަތްވާ ގައުމެއްގެ އެމްބަސީން ލިބެންޖެހޭ އެހީތެރިކަން އެކަށީގެންވާ އަވަސްމިނެއްގައި ނުލިބުމާއި އަދި ބަންދުކުރެވޭ ފަރާތްތައް ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރުމަށް ބަލާއިރު، ޑިޓެންޝަން ފެސިލިޓީގެ ޖާގައިގެ ދަތިކަން ކަމުގައި ފާހަގަކުރަމެވެ،" މަޖިލީހަށް ފޮނުއްވި ސިޓީގައި އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހައްޔަރުކުރާ ބިދޭސީން ޑީޕޯޓްކުރަން އުނދަގޫ ވުމަކީ މުސްގތަގުބަލުގައި ރާއްޖެއަށް އިތުރު ނުރައްކާތައް ކުރިމަތިވާނެ ކަމެކެވެ. އެހެންވެ އެކަމަށް އެކަށީގެންވާ ހައްލެެއް ހޯދަން ދައުލަތުގެ އިދާރާތައް ގުޅިގެން މަަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ހޯމް މިނިސްޓްރީން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިޓީގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކާއި ކުރިން ބިދޭސީން ބައިވެރިވުން މަދު ކުށްތަކުގައި ވެސް ބިދޭސީން ބައިވެރިވާ ވަރު ދަނީ އިތުރުވަމުންނެވެ. އެކަން ފާހަގަ ކުރެވިގެން  ސިޔާސަތުތައް ހިންގުމާއި އޮޕަރޭޝަންތައް ހިންގުމުގައި ހޯމް މިނިސްޓްރީންނާއި ފުލުހުން އަންނަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. "…ކުރިން ބިދޭސީން ޝާމިލުވުން މަދު ކުށްތަކުގަޔާއި ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވަމުންދާ މިންވަރު އިތުރުކަން ފާހަގަކުރެވި، ސިޔާސަތުތައް ކަނޑައެޅުމުގަޔާއި އޮޕަރޭޝަންތައް ހިންގުމުގައި މިނިސްޓްރީންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މިކަމަށް އިތުރު ސަމާލުކަމެއް ދެމުންނެވެ،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވި، ސިޓީގައި އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ވުރެ މާ ގިނައިން ބިދޭސީން ބައިވެރިވާ ދެކުށެއް އޮވެ އެވެ. އެއީ ހަށިވިއްކުމާއި ޖުވާކުޅުން ކަމަށާއި އެ ދެކުށް ހުއްޓުވަން މިދިޔަ ތިން އަހަރު ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިނގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ