މާލެ: 31°C
ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް ނައިބު ރައީސްގެ އަނބިކަނބަލުން އެދިވަޑައިގަންނަވައިފި

ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް ނައިބު ރައީސްގެ އަނބިކަނބަލުން އެދިވަޑައިގަންނަވައިފި

April 30, 2024
2 ފަހަރު ބަލާފައި
ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް ނައިބު ރައީސްގެ އަނބިކަނބަލުން އެދިވަޑައިގަންނަވައިފި
ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުހައްމަދު، އެދިވަޑައިގެންފިއެވެ. ނައިބު ރައީސްގެ އަނބިކަނބަލުން މިގޮތަށް އެދިވަޑައިގެންނެވީ ކިންޑަރ ޕްރީސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ އަދި މުދައްރިސުންނާއި މުހާތަބު ކުރައްވައި ނައިބު ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަނބިކަނބަލުން ވަނީ މުދައްރިސުން މިގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އަޚްލާޤު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި، ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ  ނައިބު ރައީސްގެ އަނބިކަނބަލުންނެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންމާފޮތް ޙިފްޛުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކިންޑަރ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ނައިބު ރައީސްގެ އަނބިކަނބަލުންނަށް ދެއްވިއެވެ. ކިންޑަރ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ