ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެ. ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނަންރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. https://twitter.com/presidencymv/status/1788812168072487093 ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބައޮތްކަން ފާހަގަކުރައްވަމުން، ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންގެ މައްސަލައަކީ ނިހާޔަތަށް ހިތާމަކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންކަމަށް ރައީސް ވަނީ މިއަދުގެ ހިތާބުގައި ވިދާޅުވެފައެވެ. ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ވަނީ ބައިވެރިވެފައެވެ. ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައެވެ. ރައީސް ވިދާޅުވީ މިކަމުގައި އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުންވެސް މިހާތަނަކޮށްފައިވާކަމަށެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރާން ފެށީ 1979 ވަނަ އަހަރުއެވެ

ކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ލިބޭކަށެއްނެތް: ރައީސް
ކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ލިބޭކަށެއްނެތް: ރައީސް
ލިޔުން:
ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށާއި، ކުޑަކުދިންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދެވެން ނެތްކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވަނީ، މި ޤައުމުގެ ކުރިމަގަށް އަޅުގަނޑުމެން މިކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދިން ކަމަށެވެ. މިގޮތުން މިކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައި ނުދެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރުމަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭން ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެން ޖެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
