މާލެ: 31°C

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް
May 16, 2023
2 ފަހަރު ބަލާފައި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 40 މިލިއަން ޑޮލަރު، ނުވަތަ 616 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީ ގުޅިގެން ގާއިމުކުރާ މި ފަންޑަކީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާއި އެއްގޮތަށް ގާއިމުކުރާ ފަންޑެކެވެ. މި ފަންޑުން އެސްއެމްއީތައް ކުރި އެރުވުމަށް ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

[embed]https://twitter.com/MoFmv/status/1658134486452944900[/embed]

ފަންޑުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އައިޑީބީގެ ފަރާތުން ސޮއިކުރެއްވީ އައިޑީބީގެ ރައީސް ޑރ. މުހައްމަދު އަލްޖައްސަރް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ.

މި ފަންޑަށް އައިޑީބީން 40 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭއިރު އިންވެސްޓްމަންޓްތަކުގެ ފައިދާއިން ފަންޑް އިތުރަށް ފުޅާކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ފަންޑް ބަލަހައްޓާ ހިންގާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަނުން (އެސްޑީއެފްސީ) އިންނެވެ.ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ނަމުގައި މިހާރު ވެސް ސަރުކާރުން ޚާހާއްސަ ބޭންކެއްވެސް ގާއިމްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ