މާލެ: 31°C

ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމަށް ފުލުހަކު އަމަލުކުރިކޮށް ރިވިއުކުރަނީ

February 8, 2025
186 ފަހަރު ބަލާފައި
ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމަށް ފުލުހަކު އަމަލުކުރިކޮށް ރިވިއުކުރަނީ
ރ. މީދޫ ގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމަށް ނިންމައިފި އެވެ.

ރ. މީދޫ ގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމަށް ނިންމައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބުރާސްފަތި ދުވަހު މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ކުދިބަޔަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ ކުދިންގެ ޒާތީ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކު އެ ފުލުސް އޮފިސަރަށް ހަމަލާދިނެވެ.

އެހެންކަމުން ޕޮލިސް ސްޓޭޝަން އަށް ހާޒިރުވުމަށް އެެދުމުން ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމާލާދީފައިވޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު އެކުއްޖާ އަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ އިންސިޑެންޓު ގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ