ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ 60 އަހަރު މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ 60 އަހަރު މީހަކު ހައްޔަރުކޮށްފި
ލިޔުން:
އުތުރުގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުުހުމަތުކުރެވޭ އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހދ، ހދ އަދި ށ. އަތޮޅު ހިމެނޭ މަތި އުުތުރު ސަރަހައްދުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރުދުވަހު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ފަދަ މައްސަލަތައް ރިޕޯޓްކުރާ އިރު އެކުއްޖާ ދެނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ކުށެކެވެ. ކުޑަ އަންހެއްކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ކޮން އަތޮޅެއްގެ ކޮން ރަށަކުން ކަން ހާމަ ނުކުރީ އެހެންވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް އެ މިނިސްޓްރީއަށް ކޮންމެ މަހަކު ވެސް ހުށަހަޅަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އެފަދަ 19 މައްސަލައެއް ހުށަހެޅި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
